ރެއިންބޯ އެންޓަޕްރައިޒަސް

ޕެޝީއޯ ބިސްޓްރޯއާއެކު ރެއިންބޯ ސެންޓްރަލްއަށް އިތުރު ފުރިހަމަކަމެއް

ޕެޝީއޯ ބިސްޓްރޯ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

ހުޅުމާލޭގެ ފިތުރޯނުމަގުގައި ހުންނަ ރެއިންބޯ ސެންޓްރަލް މޯލްގައި ރޭ ހުޅުވި ރެއިންބޯގެ އާ ރެސްޓޯރެންޓް "ޕެޝީއޯ" އާއިއެކު އެ މޯލްގެ ހިދުމަތްތައް އިތުރަށް ފުރިހަމަވެއްޖެއެވެ.

ޒަމާނީ ސްޓައިލަކަށް ޑިޒައިންކޮށްފައިވާ މި ރެސްޓޯރެންޓުން ޒުވާނުންނަށް އެންމެ ކަމުދާ "ފާސްޓް ފުޑް" ގެ ބާވަތްތަކުގެ އިތުރުން ތަފާތު އަދި ސްޕެޝިއަލިޓީ ބުއިންތަކާއި ކޮފީގެ އެކި ރަހަތައް ތަޖުރިބާކޮށްލެވޭނެ އެވެ.

ޕެޝީއޯގެ އޯޕެނިން ޑެ މެނިއު -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

ރެއިންބޯގެ މާކެޓިން އެކްޒެކެޓިވް ޝަފާން މުހައްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރެއިންބޯ ސެންޓްރަލް މޯލް ތެރޭގައި ރެސްޓޯރެންޓެއް ހުޅުވުމުގެ މަގުސަދަކީ އެއްތަނަކުން ގިނަ ހިދުމަތްތަކެއް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، ކަސްޓަމަރުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުން ކަމަށެވެ.

"ރެއިންބޯގެ އާ ބިޒަނަސްއެއް ރެސްޓޯރެންޓް ބިޒްނަސްއަކީ. މިތަނުގެ ކޮންސެޕްޓްއަކީ ހުރިހާ އެއްޗެއް އެއްތާކުން ލިބޭ ގޮތް ހަދައިދީ ކަސްޓަމަރުންނަށް ކޮމްފޮޓެބަލް މާހައުލެއްގައި އެންޖޯއީ ކޮށްލާ ޝޮޕިން ކޮށްލެވުން،" ޝަފާން ހިއްސާކުރެއްވިއެވެ.

ޕެޝީއޯގެ އިންޑޯ -- ފޮޓޯ: އަހްމަދު އަޒާން އަވަސް

"ޕެޝީއޯ"ގެ އިންޓީރިއާއިން ފެންނަނީ ޒަމާނީ އަދި "އެލެގެންޓް" ޑިޒައިންތަކަކެވެ. ޖުމުލަ 65 މީހުންގެ ޖާގައިގެ މި ބިސްޓްރޯގެ އައުޓްޑޯ އަދި އިންޑޯގެ ހިތްގައިމު މާހައުލުގައި ތިބެގެން ކެއުމަށް އިންސާފުކޮށްލެވޭނެ އެވެ.

އަދި ޕެޝީއޯގެ ހާއްސަ ތަފާތު ރަހަތަކެއް އެކުލެވޭ ކެއުންތަކެއް ވެސް ލިބެންހުންނާނެ ކަމަށާއި، މި ބިސްޓްރޯގެ ހިދުމަތްތައް އަމާޒުކުރެވިފައިވަނީ "ހެކްޓިކް" ދިރިއުޅުމެއްގައި އުޅޭ މީހުންނަށް އެއްތާކުން ހުރިހައި ހިދުމަތެއް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ކަމުގައި ޝަފާން ވިދާޅުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910