ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެގައި ފެށި ހިޔާ ޕްރޮޖެކްޓްގައި ގިނަ އަދަދެއްގެ ފްލެޓް އަޅާފައިވެއެވެ. ރައީސް ޔާމީންގެ ދައުރު ނިމިގެން އެމްޑީޕިއަށާއި ގުޅިފައިވާ ޕާޓީތަކަކަށް ވެރިކަން ލިބިމަށްފަހު ހިޔާ ފްލެޓް ތައް އޭގެ ހައްގު ވެރިންނަށް ދިނުން ގިނަ ދުވަސް ތަކަކަށް ފަސް ކުރަމުން ދިޔަ ނަމަވެސް މިދިއަ ހަތް މަސް ތެރޭ އެތަނުގައި މީހުން އާބަދުވެ ދިރިއުޅުން ފަށައިފައިވަނީ ގުނާ އަދަދު ނުކުރެވޭ ވަރަށެވެ.
މާލެ ސަރަހައްދުގަ ބޮޑުކުލި ދައްކައިން ކުޑަ ތަންކޮޅެއްގައި ދިރިއުޅުނު އެތައް އާއިލަތަކެއް، ހުޅުމާލެ، "ހިޔާ ސިޓީ" އަށް ބަދަލުވެވުމުން އެކަމާ ހިތްހަމަޖެހެ އެވެ. ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅުނު ވަރަށް ގިނަ ބަޔަކު ވެސް، މިހާރު ވަނީ ކޮތަރުކޮށީގެ ނަމުގައި މަޝްހޫރު ކުރި "ހިޔާ ސިޓީގެ" ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށް ދާއިމީ ބޯހިޔާވަހިކަމުގެ ހައްލެއް ލިބި ދިރިއުޅެން ފަށައިގެންފަ އެވެ.
ހުޅުމާލެ، ހިޔާ ސިޓީގެ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ގިނަ ފަރާތްތައް ބުނާ ގޮތުގައި މާލެ ސަރަހައްދުން ދާއިމީ ބޯހިޔާވަހި ކަމެއް ލިބުމުން އެކަމާއި ހިތްހަމަޖެހެ އެވެ.
އަދި ބައެއް މީހުން ބުނާ ގޮތުގައި މީގެ ކުރިން ދިރިއުޅުން އެތައް މިތަނަށް ބަދަލުކުރަން ޖެހުމާއި، ބައެއް ދުވަސްވަރު އުޅުނު އެއްކޮޓަރީގެ އެޕާޓްމަންޓްތައް ވެސް މިހާރު ބަދަލުވި ހިޔާ ފަލެޓްތަކުގެ ދެ ކޮޓަރީގެ ތަންތަނަށް ވުރެން ކުލި ބޮޑެވެ. އަދި ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭތީ އެފަދަ ގިނަ މީހުންގެ ދިރިއުޅުން ރަށަށް ވެސް ބަދަލުކުރަން ޖެހުނެވެ.
ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެން ފަށާފައިވާ ހިޔާ ސިޓީގެ ފްލެޓްތަކުގައި މިހާރު ފިހާރަތައް ވެސް އިތުރުވެފައި ވެއެވެ. އެހެންވެ ކުރިން ވިޔަފާރި ކުރުމުގައި ހުރި ދަތި ތަކަށް ލުޔެއް ލިބިފައި ވެއެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްޗެހީގެ އަގުގައި ތަފާތުތައް ބޮޑެވެ. ހިޔާ ސިޓީގެ ގިނަ ބަޔަކު އެކަން ފާހަގަ ކުރެ އެވެ.
ފޭސް އެކެއްގެ ފިހާރަ ތަކުން ވިޔަފާރި ކުރަން ބަހުގެ ހިދުމަތް ހޯދާ މީހުން ވެސް އުޅެ އެވެ. ހުރިހާ އާއިލާއެއްގައި ވެހިކަލް ބޭނުން ކުރިކަމުގައިވީ ނަމަވެސް ، އޮފީސް ތަކަށް ދާމީހުން އަބަދު ގެގައި ނުތިބޭނެތީ ސްކޫލް އަދި މާލެ ސްކޫލްތަކުގަ ކިޔަވާ ދަރިވަރުންނަށް އެމްޓީސީސީގެ ބަހުގެ ހިދުމަތް ލިބެ އެވެ. ނަމަވެސް ބަސް ސްޓޮަޕްތައް ސްކޫލްތަކާއި ދުރުވުމުން ގިނަ ފަހަރަށް ސްކޫލަށް ކުދިން ގެންދެވެނީ ގަޑިޖެހެނެވެ.
"ހިޔާ ސިޓީ" ގެ އާއިލާއަކުން ބުނި ގޮތުގައި ހަފްތާއެއްގެ ތެރޭ ސްކޫލް ދަތުރުތަކަށް 1500 ރުފިޔާ ހޭދަވެ އެވެ. އެއީ ބަހުގައި ކުދިން އެކަނި ފޮނުވަން ނުކެރޭތީ އާއި، ކުދިން ގާތުގައި އާއިލާގެ މީހަކު ނެތުމާއި މަންމަގެ ބަލިހާލަތު ހުންނަ ގޮތުން ކުޑަ ކުދިން ހަވާލުކޮށްފައި ދާން ނުކެރޭނެތީ ހަރަދު ކުރަން ޖެހެނީ އެވެ.
ބައެއް ބެލެނިވެރިން ބުނާ ގޮތުގައި މާލެ ސްކޫލްތަކަށް ގެންދާ ކުދިންނަށް ވަކިން ބަސްތަކުގައި ހިދުމަތް ދޭން ފެށުމުން ލުއި ލިބުގެން ދާނެ އެވެ. މާލޭގެ އަމީނިއްޔާ، އިސްކަންދަރު އަދި ސީއެޗްއެސްއީގައި ކިޔަވާ ދަރިވަރުންނަށް ބެލެނިވެރިން އަތުން މަހު ޗަންދާއެއް ނަގައިން ނަމަވެސް ފޯރު ކޮށްދޭނަމަ އެތައް ގޮތަކުން ފަސޭހަވެގެން ދާނެ އެވެ.
މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދަށް މި ތިން ސްކޫލްގެ ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންބަހުގައި މަޑުކުރުމުން ކުދިން ގޮވައިން ބަރުދަބަސް ހިފައިން ހިގަންޖެހޭ ސަރަހައްދުގެ ރާސްތާ ކުރުވާނެ އެވެ.
ގިނަ އާއިލަ ތަކުގައި އާމްދަނީ ހޯދަން މަސައްކަތް ކުރަނީ އެންމެ މީހެކެވެ. ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހެ އެވެ. އަދި އެވްރެޖްކޮށް ގިނަ އާއިލާތަކަށް އާމްދަނީގެ ގޮތުގައި ލިބެނީ 10000 ރުފިޔާ އެވެ. ފްލެޓް ކުލި ދެއްކުމަށް ފަހު ބިލްތައް ދެއްކުމުން ވަރަށް ބޮޑަށް މާލީ ހާލަތު ދަތިވެ އެވެ. ގާތްގަނޑަކަށް 85 ޕަސެންޓް އާއިލާތަކުގެ ހާލަތަކީ ވެސް މިއީ އެވެ.
ހިޔާ ސިޓީގެ ފްލެޓްތަކުގައި އުޅޭ ބައެއް ފަރާތް ތަކުން ބުނާ ގޮތުގައި ރޭގަނޑު 10:00 ގެ ފަހުން މަސައްކަތްތައް ހިނގާތީ ކުޑަކުދިންނާއި އަދި ހެދުނާ ތެދުވެގެން އޮފީސްތަކަށް ދާ މީހުނަށް ރޭގަނޑު ހަމަނިދި ނުލިބެ އެވެ. އަދި ހުކުރު ހޮނިހިރު ބަންދުގައި ފްލެޓް ތަކަށް އާއިލަތައް ކައިރިޔައް ޒިޔާރަތް ކުރާ މީހުން ގިނަވުމުން، އަރާ ފޭބުމުގައި ލިފްޓްގެ ދަތިކަން ވަރަށް ބޮޑެވެ.