މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލްގެ މިޔުޒިކް ކޯޗަކަށްވާން ހުޅުވާލައިފި

މިހާރު ކުރިޔަށްދާ މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ އަދި ގާލާ ރައުންޑްގެ މިޔުޒިކް ކޯޗަކަށް ވާން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00 ޖަހާއިރަށް ޕީއެސްއެމްގެ ހެޑްއޮފީސް، ރޭޑިއޯ ބިލްޑިންގަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޖަނަވަރީ 31 ގެ މެންދުރު 12:00 އަށް ޕްރޮޕޯޒަލް ހުށަހަޅުމަށެވެ.

މޯލްޑިވިއަން އައިޑޮލް އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ދުނިޔޭގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ އެވެ.

މި ޝޯވ ގެ ދެ އެޕިސޯޑް މިހާތަނަށް ޓީވީއެމުން ދައްކާފައިވާއިރު އެ ޝޯވ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.