ފިނިޕޭޖް

"ނެވާ ހޭވް އައި އެވާ"ގެ ހަތަރުވަނަ ސީޒަނަކީ ފަހު ސީޒަން

ނެޓްފްލިކްސްގެ ޝޯ "ނެވާ ހޭވް އައި އެވާ" ސީރީޒްގެ ހަތަރު ވަނަ ސީޒަން މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އެބަދެ އެވެ.

މިންޑީ ކަލިން އާއި ލޭން ފިޝާ އުފެއްދި "ނެވާ ހޭވް އައި އެވާ"ގެ ހަތަރުވަނަ ސީޒަނަކީ މި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ.

މި ސީރީޒްގެ ތަރި -- 21 އަހަރުގެ މެއިތްރެއީ ރާމަކްރިޝްނަން ބުނީ އެ ސީރީޒްގެ ހަނދާނުގައި ސެޓުން ބައެއް ތަކެތި ބެހެއްޓި ކަމަށެވެ.

އެގޮތުން އެ ޝޯގައި ބޭނުންކުރި ބޮޑު ހާޕްއެއް ކެނެޑާއަށް ޝިޕް ކުރަން ޖެހުނު ކަމަށާއި ޝޯގެ ޕްރޮޑަކްޝަން ޓީމުން އެކަމަށް އެހީވެދިން ކަމަށް މެއިތްރޭއީ ބުންޏެވެ.

އެ ޝޯގައި މެއިތްރޭއީގެ ކެރެކްޓާ، ދޭވީ ވިޝްވަކުމާރް އަކީ ހާޕިސްޓެކެވެ. އެހެންކަމުން މެއިތްރޭއީ ވެސް ވަނީ ހާޕް ކުޅެން ދަސްކޮށްފަ އެވެ.

މީގެ އިތުރުން ރީތި ޖެކެޓަކާއި ނޫ ކުލައިގެ ޖިންސެއްވެސް ގެންދިޔަ ކަމަށް މެއިތްރޭއީ ބުންޏެވެ.

ޖިންސު ބޭނުންވި ސަބަބަކީ މެއިތްރޭއީގެ ހަށިގަނޑަށް ހެޔޮވަރުކޮށް ފަހާފައިވާ ޖިންސަކަށް ވެފައި، އޭނާ އެ ޖިންސު ލީމަ ރީތިކަމުންނެވެ.

މެއިތްރޭއީ ބުނީ "ނެވާ ހޭވް އައި އެވާ"ގެ ހަތަރު ވަނަ ސީޒާން ކުރިއަށް ގޮސް ނިންމާލާ ގޮތް ކަމުދާ ކަމަށެވެ. އަދި ފުރަތަމަ ސީޒަނުން ފެށިގެން ބަލާއިރު، އޭނާވެސް އެ ކެރެކްޓާއާ އެކު ބޮޑުވާތަން ފެންނަކަމުން އެކަމާ ޖަޒްބާތީވާ ކަމަށް މެއިތްރޭއީ ބުންޏެވެ.

"ނެވާ ހޭވް އައި އެވާ"ގެ ހަތަރު ވަނަ ސީޒަން ރިލީޒްކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.