އުރީދޫ

އުރީދޫ އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Feb 4, 2023

އުރީދޫ މޯލްޑިވްސް އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލުން ހާއްސަ ޑިސްކައުންޓް އޮފާއެއް ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާ ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫ އިން ބުނި ގޮތުގައި މި އޮފާގެ ދަށުން ގަންނަ ސައިކަލް ކަސްޓަމަރުންނަށް 99 ދުވަހުގެ ތެރޭގައި ކިންގްސްޓަން އިން ޑެލިވާ ކޮށްދޭނެ އެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން އިން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

އުރީދޫ އިން ބުނީ މެއި 14، 2023ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެމް-ފައިސާއަށް ރެޖިސްޓާކުރުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލަން ޖެހޭނެ އެވެ.

އެމް-ފައިސާ އަށް ރެޖިސްޓާކުރުމަށް:

  • އެމް-ފައިސާ ހިޔާރުކުރުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިއްތާލައްވާ
  • މައުލޫމާތު ފުރިހަމަކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އޯޓީޕީ ނަންބަރު ޖައްސަވާ
  • ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  • ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު، ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

އުރީދޫ އިން ބުނި ގޮތުގައި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.