އެމްއެންޑީއެފް

މާލޭގައި މިރޭ ހަވާ އަރުވަނީ

Feb 4, 2023

މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގައި މިރޭ ބާއްވާ ހަވާއެރުވުމުގެ ހަރަކާތަކީ އަމިއްލަ ފަރާތަކުން އެދިގެން ކުރާ ކަމެއް ކަމަށެވެ.

ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ އުތުރު ފަރާތުގައި ސޯލްޓް ރެސްޓޯރަންޓާ ދިމާލުގަ އެެވެ.

ހަވާ އެރުވުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ޖަހާއިރު އެވެ. ޖުމްލަ ތިން މިނެޓަށް ހަވާ އެރުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މިރޭ ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެ އެެވެ.

ރާއްޖޭގައި ހަވާއެރުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި އެމްއެންޑީއެފް އަށެވެ. އެމްއެންޑީއެފް އިން އެކަން ކުރަނީ އެ އިދާރާގެ ތެރޭގައި އުފައްދާފައިވާ ސިފައިންގެ ޖަމިއްޔާ -- ސިފްކޯ އިން ކުރާ ވިޔަފާރިއެއް ގޮތަށެވެ.