ފިނިޕޭޖް

އެޗްޖީޓީވީގެ ތާރެކް އަލް-މޫސާއަށް ދަރިއަކު ލިބިއްޖެ

އެޗްޖީޓީވީގެ ގޭގޭ ގަނެ ވިއްކުމާއި ފްލިޕް ކުރުމާ ބެހޭ ޕްރޮގްރާމްތަކުން މަޝްހޫރު ތާރެކް އަލް-މޫސާ އާއި އަންހެނުން ހެދާ ރޭ ޔަންގް އަށް ދަރިއަކު ލިބިއްޖެ އެވެ.

މި ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށް އިންސްތަގްރާމްގައި އެ ބޭބީގެ މޫނު ނުފެންނަ ގޮތަށް ކުރި ޕޯސްޓެއްގައިވެ އެވެ. މިއީ މެދަމަފިރިންގެ ފުރަތަމަ ކުއްޖާ އެވެ.

ޕޯސްޓްގައި ބުނީ އެމީހުންގެ ބޭބީ ބޯއީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި ވަރުބަލިކަމެއް ހުރި ނަމަވެސް މަންމަ އާއި ބޭބީގެ ސިއްހަތު ރަނގަޅު ކަމަށެވެ. އަދި އެ ދެމަފިރިންގެ ހިތް އުފަލުން ފޮޅިފައިވާ ކަމަށެވެ.

ތާރެކް ފުރަތަމަ ކައިވެނި ކުރީ ކްރިސްޓީނާ ހާކްއާ އެވެ. މި ކައިވެންޏަށް 12 އަހަރުގެ ޓޭލާ ރީސް އާއި ހަތް އަހަރުގެ ބްރޭޑަން ޖޭމްސް ލިބިފައިވެ އެވެ. 2016 ގައި ތާރެކްގެ ކައިރިން ވަރިވުމަށްފަހު ކްރިސްޓީނާ ދެ ކައިވެނި ކޮށްފައިވެ އެވެ.

ތާރެކް އާއި ހެދާ 2019ގެ އޮގަސްޓް މަހު ލޯބީގެ ގޮތުން ގުޅުނު ކަމަށް އިންސްތަގްރާމް އިން ކަށަވަރުކޮށްދިނުމަށްފަހު 2020 ގައި އެންގޭޖްވި އެވެ. އަދި ކައިވެނި ކުރީ އޮކްޓޯބަރު 23، 2021 ގައެވެ.

މި ދެމަފަރިން ދަރިންގެ ބޭނުމުގައި އައިވީއެފް ޓްރީޓްމަންޓް ހަދަނިކޮށް ގުދުރަތީގޮތުން ހެދާ ވަނީ ބަނޑުބޮޑުވެފަ އެވެ. މިކަމާ ދެމަފިރިންވެސް ވަނީ އުފާ ފާޅުކޮށްފަ އެވެ.