"ޑަބަލް ބީ" އަކީ ބޮޑު ބުޑެއްގެ ސިއްރު ޝޯޓް ޓާމެވެ. އެހެންވީމަ މިހާ ހިސާބުން މި ޑަބަލް ބީއެއްގައި ފޮރުވިފައިވާ އާދަޔާހިލާފު ކަމެއްގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ސައިންސްވެރިން މި ވަނީ ނިކަން ވެސް ވަރުގަދަ ދިރާސާއެއްކޮށް އާދަޔާހިލާފު ނަތީޖާއެއް ނެރެފަ އެވެ.
ސައިންސްވެރިންގެ މި އާ ދިރާސާއިން އެނގުނު ގޮތުގައި ޑަބަލް ބީ ނުވަތަ އެވްރެޖު ސައިޒަކަށް ވުރެ ބޮޑު ފޫކޮޅެއް ލިބިފައިވާ އަންހެންވެރިންނަކީ ހަމައެކަނި ވިސްނުމުގައި ކުރިއަރައިގެން ގޮސްފައިވާ ބައެއް ނޫނެވެ. މި ސިފަ ލިބިފައިވާ އަންހެނުންގެ ވިސްނުން "އެވްރެޖު އަންހެން ކުއްޖާ" ގެ ވިސްނުމަށް ވުރެ މަތީގައި އުޅޭ ކަމަށް ދިރާސާ އިން ދައްކާއިރު ސިއްހީ ފައިދާ ވެސް އެހާމެ ބޮޑެވެ.
ބިގް ބަޓްލީ އަންހެންވެރިންގެ ކޮލެސްޓްރޯލް ލެވެލް ދަށް ކަމަށް ދައްކާއިރު ހަކުރު އެންދުމަށް ބޭނުންވާ ހޯމޯންސް ވެސް ގިނައިން އުފައްދާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. މިއީ ހަކުރުބައްޔާއި ހިތުގެ ބަލިތަކުން ބިޔަ ބުޑުގެ އަންހެންވެރިން ސަލާމަތްކޮށްދޭނެ ކަމެކެވެ. ނުވަތަ މި "ޝޭޕް" ލިބިފައިވާ އަންހެންވެރިންނަށް ހިތުގެ ބައްޔާއި ހަކުރުބަލީގައި އޮތް ނުރައްކާ އެހެން އަންހެންވެރިންނާ އަޅާބަލާއިރު ކުޑަ އެވެ.
ބުޑެއް ލިބިފައިވާ އަންހެނެއްގެ ވިސްނުންތޫނުވާ ގޮތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޮމެގާ ތިނެއްގެ ފެޓްސް އެމީހުންނަށް ނިކަން ގަދަ އަށް ބޭނުންވެ އެވެ. މި ފެޓްސްގެ ބާވަތަކީ ސީދާ ސިކުނޑީގެ ތަރައްގީ އުސްމިނަކަށް ގެންދިއުމާ ގުޅިލާމެހިފައިވާ މާއްދާއެކެވެ.
ހިޕްސް ބޮޑުކޮށް އަދި ބުޑަށް ބޮޑުކޮށް ތިބޭ އަންހެނުންނަށް ލިބޭ ކުދިންގެ ވިސްނުން ވެސް އެވްރެޖުކޮށް ރަނގަޅު ކަމަށް ދައްކަނީ މި އާދަޔާހިލާފު ޝޭޕާ ހެދި ކަމަށް ދިރާސާތަކުން ވަނީ އެނގިފަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުން ޑަބަލް ބީގެ ސިއްހީ ފައިދާތައް ހަގީގަތުގައި ވެސް ވަރަށް ގިނަ އެވެ. މިސާލަކަށް، ހަށިގަނޑުގެ ބަރުދަން ރެގިއުލޭޓްކުރުމަށް ހާއްސަވެފައިވާ ހޯމޯންއެއް ކަމުގައިވާ ލެޕްޓިންގެ ލެވެލް ވެސް ބިގް ބަޓްލީ އަންހެނުންގެ ކިބައިގައި ގިނަ ކަމަށް ދިރާސާތަކަށް އެނގިފައިވެ އެވެ.