ބޮލީވުޑް

އެއް ކްރޯޑުއަށް އެދުނު ފޭނަކަށް ޝާހް ރުކް ދިން ޖަވާބު

ޝާހް ރުކް ޚާންގެ އާ ފިލްމު "ޕަޓާން"އަށް 700 ކްރޯޑު ވިޔަފާރި ކުރެވުމާ ގުޅިގެން އޭނާ ވަނީ ޓުވިޓާ މެދުވެރިކޮށް ފޭނުން ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށް #އާސްކް އެސްއާރްކޭ ސެޝަން އެއް ބާއްވާފަ އެވެ.

މި ސެޝަންގައި ފޭނުން ވަރަށް ހެއްވާ މަޖާ ހުށަހެޅުންތައް ޝާހް ރުކް އަށް ހުށަހަޅާފައި ވެއެވެ. އެތަނުން އެކަކު ބުނި ގޮތުގައި މިހާތަނަށް ފަސް ފަހަރަކު އޭނާ "ޕަޓާން" ބަލައިފި އެވެ. އަދި އިތުރު ފަސް ފަހަރު ބަލަން ގަސްތުކުރެ އެވެ. ވީމާ "ޕަޓާން"ގެ ފައިދާއިން އޭނާއަށް ހިއްސާއެއް ލިބޭނެ ގޮތެއް ނުވާނެތޯ އެމީހާ ޝާހް ރުކް އާ ސުވާލު ކުރި އެވެ. ޖަވާބުގައި ޝާހް ރުކް ބުނީ ނުލިބޭނެ ކަމަށެވެ.

"ނޫން. ހަމައެކަނި މުނިފޫހިފިލުވުން... މުނިފޫހިފިލުވުން.... މުނިފޫހިފިލުވުން. ފައިސާ ހޯދަން ކޮންމެވެސް އެހެން މަސައްކަތެއް ކުރޭ،" ޖަވާބުގައި ޝާހްރުކް ބުނެފައި ވެއެވެ.

އެހެން ފޭނަކު ސުވާލުކުރީ "ޕަޓާން"އަށް ލިބުނު ފައިސާއިން އެއް ކްރޯޑު ލިބިދާނެތޯ އެވެ.

"ބާއީ. ތިޔަ ބުނާ ވަރުގެ ފައިސާއެއް ޝެއާ މާކެޓްގައި ވެސް ނުލިބޭނެ. އަދި އިތުރު އެތައް ފަހަރަކު ފިލްމު ބަލާލާފަ ބަލަމާ ހިނގާ ދޯ ވާގޮތެއް،" ޝާހް ރުކް ޖަވާބުގައި ބުނެފައި ވެއެވެ.