ދުނިޔެ

އެމެރިކާގައި، ހަތިޔާރުއެޅި ހަނގުރާމަވެރިން ހައްޔަރު ކުރުމުން ހިންގި ހަމަނުޖެހުންތަކުގައި މީހަކު މަރުވެއްޖެ

އެމެރިކާ އަސްކަރިއްޔާއިން، އެގައުމުގެ އުޅޭ ހަތިޔާރު އެޅި ޖަމާއަތެއްގެ ހަނގުރާމަވެރިން ތަކެއް ހައްޔަރުކުރުމުން ހިންގި ހަމަނުޖެހުންތަކުގައި ބަޑިން ހަމަލާދީ އެކަކު މަރާލައިފި އެވެ. އަދި މިހަމަ ނުޖެހުމުގައި އެކަކު ވަނީ ޒަހަމްވެފަ އެވެ.

އެހަނގުރާމަވެރި ޖަމާއަތަކީ އޮރިގޮން ސްޓޭޓްގައި އުޅެމުންދާ ވަކި ޖަމާއަތެކެވެ. އެޖަމާއަތުން ވަނީ ފާއިތުވެދިޔަ ތިން ހަފްތާގައި ވަކި ސަރުކާރެއް އުފައްދާފަ އެވެ.

މި ހަމަ ނުޖެހުންތައް ހިންގާފައިވަނީ އެ ސްޓޭޓް އާއި ކައިރި ހައިވޭ އެއްގަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރޭގައި އެޖަމާއަތުގެ ލީޑަރެއްވެސް ހިމެނެ އެވެ. މިއީ އެގައުމުން ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ކިބައިން ރައްކާތެރި ކުރުމަށް ފުލުހުންނާއި އެފްބީ އައި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ބައެކެވެ.

ފުލުހުން ބުނީ އަދިވެސް އިތުރު ހަނގުރާމަވެރިން އެސްޓޭޓްގަިއ ފިލާ ތިބި ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުންނާއި އެފްބީއައި އިން މިހާރު ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.