ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މޭ މަހު ބޮޑުކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަށެއްގެ ހޮސްޕިޓަލަކަށް ވަޑައިގެން ނަރުހުންތަކަކާ ބައްދަލުކުރައްވަނީ --ފޮޓޯ: ރައީސް އޮފީސް
0%
0%
100%

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މޭ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބޭ ހުރިހާ މުވައްޒަފުންނަށް މޭ މަހުން ފެށިގެން މި އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

"އަންނަ މާޗް މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނާނެ. ޕޭ ހާމަނައިޒްކުރުން ނިމިގެންދާއިރު ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒިފުން ޝަމިލުވާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. މެއި 2022 އިން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައް ވަނީ ބޮޑުކޮށްފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން ސިއްހީ ދާއިރާއަށް އިތުރު 1،000 މުވައްޒަފުން އިތުރުކުރުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައިމާ

މާ ރަނގަޅުވާނެ އިންޑިޔާގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ ނަރުހުންނަށް ތިލާރިން ސަދަގާތް ކުރިއްޔާ. މިތާކު ނެތް ހިދުމަތެއް ފަރުވާއެއް. ލާރިކައިގެން ހުޅުމާލެ އައިލެންޑް ހޮޓަލްގަ ބެޑްމިންޓަން ކުޅޭ ޑޮކްޓަރުން ތިބީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910