ނެޝަނަލް ޕޭ ކޮމިޝަން

ސިއްހީ ދާއިރާއަށް ބޮޑުކުރާ މުސާރަ ކަނޑައަޅައިފި

ރައީސް ސޯލިހް ރަށެއްގެ ހޮސްޕިޓަލްގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހެލްތު މިނިސްޓްރީ އާއި ސިއްހީ ދާއިރާގެ އެކި އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

ސިއްހީ ދާއިރާއަށް ދިވެހިން ހޯދުމުގައި ދަތިތައް ދިމާވާކަން ފާހަގަކުރައްވާ ޑރ. ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވޭ ބަދަލާއެކު ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އޭގެ އިތުރުން ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީށް ސޯލިހް ވިދާޅުވި އެވެ.

"އަންނަ މާޗް މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލު އަންނާނެ. ޕޭ ހާމަނައިޒްކުރުން ނިމިގެންދާއިރު ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒިފުން ޝަމިލުވާނެ،" ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. މެއި 2022 އިން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައް ވަނީ ބޮޑުކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޜާއްޖެ

ނުދޭނަން ވޯޓެއް

ސިއްހަތު

މުސާރަ ބޮޑު ކުރީމާ ނިމުނީތަ. މިއުޅެނީ މިހާރުވެސް މުވައްޒަފުން ނެތިގެން. ސިއްހީ ދާއިރާގެ މުވައްޒަފުން ހަނާ ވަނީ. ރަނގަޅު ފަރުވާ އެއް ދެވެނީ އެއް ނޫން. އީއާރް ފުރި ބަނޑުންވާއިރު ކިއުގަ ތިން ހަތަރު ގަޑި އިރު ބަލި މީހާ ފަރުވާ ނުލިބި. ތިބެނީ ސަތޭކަ ފަސްދޮޅަސް މީހުން ބަލަން އެންމެ ޛެ ޑރ. ވޯޑް ތައް އަދި އެޔަށްވުރެ ނިކަމެތި ހާލުގަ. މުސާރަ ބޮޑު ކުރީމާ ވީ. މުވައްޒަފުންގެ ނަފްސާނީ ޖިސްމާނީ ހައްގުތައް ނެތަސް ހެޔޮ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910