އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭގެ "ދަ ވެލްނެސް ކްލަބް"ޖިމާއެކު "ހީޓް"ގެ ހިދުމަތްތައް

އޭޑީކޭ ހޮސްޕިޓަލްގައި "ދަ ވެލްނަސް ކްލަބް"ގެ ނަމުގައި ޖިމެއް ހުޅުވައިފި އެވެ.

އޭޑީކޭގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ޖިމް ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

އޭޑީކޭއިން އަލަށް ހެދި އިމާރާތުގެ އަށްވަނަ ފްލޯ އާއި ނުވަވަނަ ފްލޯގައި ހުންނަ "ދަ ވެލްނަސް ކްލަބް" ހިންގާނީ ކުރިން މާލޭގައި ހުރި "ހީޓް ހެލްތު އެންޑް ފިޓްނަސް" ޖިމް ހިންގި އިންސްޓްރަކްޓަރުންނެވެ.

މި ޖިމުގައި ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ލިބޭނެ ކެފޭއެއް ހުންނައިރު އެއް ފަންގިފިލާގައި ސްޓޫޑިއޯ ޖިމެއް ހުރެ އެވެ. އެތަން ފަރުމާ ކޮށްފައިވަނީ އެކި ކަހަލަ ގްރޫޕް ކްލާސްތަކާއި ޒުންބާ ކްލާސްތައް ކުރިއަށް ގެންދިއުމަށެވެ. އިކުއިޕްމަންޓާ އެކު ވޯކްއައުޓް ކުރެވޭނެ ޖިމް ހުންނާނީ ނުވަވަނަ ފަންގިފިލާގަ އެވެ.

ޖިމުން ލިބޭ ހިދުމަތްތައް

  • ޕާސަނަލް ޓްރެއިނާ
  • ކަސްރަތު ކްލާސްތައް
  • ކެފޭ

ދެ ޖިންސުގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ޒަމާނީ ވަސީލަތްތަކާއިއެކު ހުޅުވާފައިވާ "ދަ ވެލްނަސް ކްލަބް" ޖިމްގެ މެމްބާޝިޕް ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.