އެމްއެންޑީއެފް

އަސްކަރީ ތަމްރީނެއް ކުރިއަށް ގެންދާތީ ސަމާލުވާން އަންގައިފި

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނެއް ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުން ކަނޑު ދަތުރުފަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 16 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ.

މި އަސްކަރީ ތަމްރީނުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާ ގޮތް:

  • ބޭނުންކުރާ ހަތިޔާރު: AK103 ރައިފަލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 3000 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

މިގޮތުން މި އަސްކަރީ ތަމްރީނު ކުރިއަށްދާ ވަގުތުގައި ގިރިފުށީ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.