އެމްޓީސީސީ

ގިރިފުށީ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް

Jun 14, 2021
1

ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.

މި މަސައްކަތުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާނެ އެވެ.

145 ދުވަސްތެރޭ މަސައްކަތް ނިންމަން ހަވާލުކޮށްފައިވާއިރު މިއީ 18.35 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

މިއަދުގެ ރަސްމިއްޔާތުގަައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.