ތިލަފުށި

ތިލަފުށިން 50 ބިން ވިއްކަން ހުޅުވާލައިފި

ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް 50 ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

ތިލަފުށިން ވިއްކަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާއި ދެމެދުގެ ބިމެވެ.

ބީލަން ހުށަހެޅޭ އެންމެދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ވިއްކާ ބިމުގެ ބޮޑުމިން

  • 2،500 - 4،999.99 އަކަފޫޓުގެ - 14 ބިން
  • 5،000 - 9،999.99 އަކަފޫޓުގެ - 20 ބިން
  • 10،000 - 14،999.99 އަކަފޫޓުގެ - 7 ބިން
  • 15،000 - 19،999.99 އަކަފޫޓުގެ - 7 ބިން
  • 20،000 - 29،999.99 އަކަފޫޓުގެ - 1 ބިން
  • 30،000 - 35،000.00 އަކަފޫޓޫގެ - 1 ބިން

ދިވެހިންނާއި ބިދޭސީންނަށްވެސް ބިން ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ލިބެ އެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކަން ހުޅުވާލުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.