އެމްއެންޑީއެފް

އައްޑޫގައި ސިފައިންގެ ތަމްރީނެއް ކުރިއަށްދާތީ ސަމާލުވާން އަންގައިފި

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނެއް އައްޑޫ ސިޓީގެ ގަން އަދި ފޭދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ކަނޑު ދަތުރުފަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ ދެވަނަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން ރޭގަނޑު 11:59 އަށް އަދި ދަންވަރު 12:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

މި އަސްކަރީ ތަމްރީނުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާ ގޮތް:

  • ބޭނުންކުރާ ހަތިޔާރު: މިނީ ފްލޭއާ، ޓްރިޕް ފްލޭއަ އަދި ޕައިރޯސް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ގަން އަދި ފޭދޫ

މިގޮތުން މި އަސްކަރީ ތަމްރީނު ކުރިއަށްދާ ވަގުތުގައި ފޭދޫ އަދި ގަން ކައިރިން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.