އެކްސިޑެންޓް

ހައިވޭގައި އެކްސިޑެންޓެއް ހިނގާ މީހަކަށް ބޮޑު އަނިޔާއެއް

ހުޅުމާލެ އަދި މާލެ ގުޅައިދޭ ހައިވޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް ބޮޑު އަނިޔާއެއްވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލެއިން ދަތުރުކުރި ދެ އުޅަނދު ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށެވެ.

އަވަސްއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. ލިބުނު އަނިޔާގެ އިތުރު ތަފުސީލު ހާމައެއް ނުކުރައްވަ އެވެ.

މި އެކްސިޑެންޓްގައި ސައިކަލަށާއި ކާރަށް ވަނީ ގެއްލުންވެފަ އެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.