ފިނިޕޭޖް

ދި އާންސާޒް: ކަމުދާނެބާ؟

އެފްއެކްސް ޗެނަލްގެ ބޭނުމަށް 20ތް ޓެލެވިޝަން އިން "ދި އާންސާސް" ސީރީޒްގެ ޕައިލެޓް އެޕިސޯޑެއް ހެދުމަށް ހަމަޖެހިއްޖެ އެވެ.

ކެތަރިން ލޭސީގެ ވާހަކައަށް ބިނާކޮށްފައިވާ މި ސީރީޒްގައި "ޕްރިޓީ ލިޓްލް ލަޔާޒް"ގެ ލޫސީ ހޭލްގެ އިތުރުން "ރިޓްރީޓް"ގެ ރައުލް އެސްޕާޒާ، ޑޭވިޑް ކޮރޮންސްވެޓް، ކްރިސް މާޝަލް، މެލަނީ ފީލްޑް، ޕައްލަވީ ޝާރްދާ އަދި ކިނެޓާ ކުނޫޓޫ ހިމެނެ އެވެ.

މި ސީރީޒްގައި ލޫސީ ހޭލް، މޭރީގެ ރޯލް އަދާކުރާއިރު ރައުލް އެސްޕާޒާ އަދާކުރާނީ ޑރ. ކްރޯގެ ރޯލެވެ.

މި ސީރީޒްގެ ސްކްރިޕްޓް ލިޔާނީ ކިޓް ސްޓައިން ކެލްނާ އެވެ. ޕައިލެޓް އެޕިސޯޑްގެ ދިގުމިނަކީ އެއް ގަޑިއިރެވެ.

"ދި އާންސާސްގައި ފެންނާނީ ހިތްހަލާކުވެފައިވާ އަންހެނެއް، ލޯބި ހެކް ކުރާ ކަމަށް ބުނާ ކަންތައްތައް އެހާ ސާފު ނޫން އެކްސްޕެރިމެންޓެއްގައި ބައިވެރިވާ ތަނެވެ. އަދި އެހެން ރަށަކަށް ބަދަލުވުމަށްފަހު އޭނާ އާއި އެ އެކްސްޕެރިމަންޓްގައި ބައިވެރިވި ހުރިހާ އަންހެނުން ޑޭޓްކުރުމަށް ހަވާލުކޮށްފައިވަނީ މިސްޓީރިއަސް ކްރިސްޓޮފާ ސްކައިކަން ފަހުން ދޭހަވެ އެވެ. އަދި އެކަމާ އެ އެކްސްޕެރިމަންޓާ ބެހޭގޮތުން ސުވާލުކުރަން ފަށަ އެވެ.

މި ވާހަކައިގެ ޕްލޮޓް "ދަ ހޭންޑް މެއިޑަންސް ޓޭލް"އާ ގާތްކުރާ ކަމަށް ބައެއް މީހުން ބުނެ އެވެ.

މި ސީރީޒްއާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.