މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްގައި އަނިޔާވީ މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

Feb 10, 2023

ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އިއްޔެ ހަވީރު މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް ދަތުރުކޮށްފައި އައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓާ ގުޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެނީ އުމުރުން 40 އަހަރުން މަތީގެ ފިރިހެނަކަށެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.

މިއެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.