ލައިފްސްޓައިލް

ނަތާޝާ ޕެރިއަނަޔަގަމް: ދުނިޔޭގެ އެންމެ ވިސްނުންތޫނު ދަރިވަރު

"ވޯލްޑްސް ބްރައިޓަސްޓް" ދަރިވަރުގެ ފަހުރުވެރި މަގާމު އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ކުއްޖެއް ކަމަށްވާ ނަތާޝާ ޕެރިއަނަޔަގަމް ހޯދައިފި އެވެ.

ޖޯން ހޮޕްކިންސް ސެންޓާ ފޯ ޓެލެންޓެޑް ޔޫތު އިން ދަ ޔުނައިޓެޑް ސްޓޭޓްސް އިން ނެރެފައިވާ ލިސްޓުން 13 އަހަރުގެ ނަތާޝާ އަށް ފަޚުރުވެރި އެއްވަނަ ލިބިފައި ވެއެވެ.

މިއީ ނަތާޝާ އަށް މި މަގާމު ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. ގްރޭޑް 5 ގައި 2021 ވަނަ އަހަރު އޭނާ ކިޔެވިއިރުވެސް ހަމަ މި މަގާމު ހޯދާފައި ވެއެވެ.

"ވޯލްޑްސް ބްރައިޓަސްޓް" ޓައިޓްލް އަކީ ދުނިޔޭގެ 76 ގައުމަކުން 1500 އަށް ވުރެ ގިނަ ކުދިން ބައިވެރިކޮށްގެން ބާއްވާ ޓެސްޓަކުން އެއްވަނަ އަށްދާ ކުއްޖަކަށް ލިބޭ ޓައިޓްލް އެކެވެ.

ނަތާޝާ މިހާރު ކިޔަވަމުންދަނީ އެމެރިކާގެ ނިއު ޖާޒީގެ ފްލޯރެންސް އެމް.ގޯޑިނިއާ މިޑްލް ސްކޫލްގަ އެވެ.

އެމެރިކާގައި ދިރިއުޅުނަސް ނަތާޝާގެ މައިންބަފައިންނަކީ އިންޑިއާގެ ޗެންނައި އަށް ނިސްބަތްވާ ދެމަފިރިންނެވެ.

ވަޒީފާ އަދާކުރުމަށް އެމެރިކާ އަށް ހިޖުރަކުރި ދެމަފިރިން އެ ގައުމުގައި ވަޒަންވެރިވެގެން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.