ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" ސޯޝަލް މީޑިއާ، އެސްއެމްއެސް އަދި ފޯނުކޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ބުނީ "ޕޯސްޓްޕެއިޑް 1000" ޕެކޭޖުން 40 ޖީބީ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާގެ އިތުރުން ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެ ކަމަށެވެ.
އޭގެ އިތުރުން "ޕޯސްޓްޕެއިޑް 1700" ޕެކޭޖުން 100 ޖީބީ ކޯ ޑޭޓާ އާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާގެ އިތުރުން ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށް ހިލޭ ގުޅޭނެ އެވެ.
ދިރާގުގެ މެނޭޖާ ކަސްޓަމާ ވެލިއު މެނޭޖްމެންޓް އައިޝަތު އިޝާނާ ވިދާޅުވި ގޮތުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ ގިނަ އޮޕްޝަންތަކެއް ލިބޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށެވެ.
"މިގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ." އައިޝަތު އިޝާނާ ވިދާޅުވި އެވެ.
ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖްތައް އަޕްގްރޭޑްކޮށްލެވޭނެ އެވެ.
ޕްލޭންގެ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓް ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.