އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނުމަށް ހުށަހެޅި މީހުންގެ ތެރެއިން ލިސްޓުގައި ނަން ނުހިމެނޭ މީހުން ޝަކުވާ ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަގީރުންގެ ދަފްތަރު ފޯމް ފުރިހަމަކޮށް ހުށަހަޅާފައިވާ ފަރާތްތަކަށް މިހާރު ވާނީ މެސެޖަކުން އެކަން އަންގާފައި ކަމަށެވެ.

ފޯމް ފުރިހަމަ ނުކުރާ މީހުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ. މި ތާރީހުގެ ފަހުން ހުށަހަޅޭ އެއްވެސް ޝަކުވާއެއް ބަަލައިނުގަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފަރާތްތަކުން ސަބްޖެކްޓުގައި ފޯމް ހުށަހެޅި މީހާގެ ނަމާއި، އައިޑީ ކާޑު ނަމްބަރު އަދި ފޯނު ނަންބަރު ޖެހުމަށްވެސް އިއުލާނުގައި އެދިފައިވެ އެވެ.