މޯލްޑިވްސް ޕޮލިސް ސާވިސް

ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ބޮޑުތަކުރުފާނު މަގު، ފަތާ ޓްރެކް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހު 1:15 ހާއިރު ދެ ސައިކަލު ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވާީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ އަދި މާލެ ގުޅައިދޭ ހައިވޭގައި ކާރަކާއި ސައިކަލެއްޖެހި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށެވެ. އަދި އޭނާާއަށް އަންނަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.