އެކްސިޑެންޓް

އެކްސިޑެންޓެއްވެ ތިން މީހަކަށް ބޮޑެތި އަނިޔާ

މާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަކު ޒަހަމްވެ ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު، މޭރީ ބްރައުން ކައިރިން ދެ ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށާ ދެ ފިރިހެނަކު ޒަހަމްވެފައިވާ ކަމަށާއި އެ ތިން މީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށެވެ.

އެކްސިޑެންޓުގައި އަންހެން މީހާގެ ބޯ ފަޅައިގެންގޮސް، ފައިގެ ކަށިގަނޑެއްގައި ރެނދުލައި ސީރިއަސް އަނިޔާތައް ލިބިފައި ވެއެވެ. އަނެއް ދެ މީހުންގެ ތެރެެއިން އެކަކުގެ ދަތްދޮޅި ދަށުން ފަޅައިގެން ގޮސްފައިވާއިރު އަނެއް މީހާގެ ހަށިގަނޑަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު އަސުރު ވަގުތު ގާތްގަނޑަކަށް 3.40 އެހާކަންހާއިރު އެވެ.