ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުން އަމަލުކުރާ އުސޫލު ތަޅުމަށް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާގައި މެންބަރުން ނެރުމަށް އަންހެން އޮފިސަރުން ހަރަކާތްތެރިވަނީ
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ފިރިހެން މެންބަރުން ނެރުމަށް ފިރިހެން އޮފިސަރުން ހަމަޖެއްސުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު ތައާރަފްކުރުމުގެ ގޮތުން ފުރަތަމަ ކިޔުން އިއްވުމެވެ.

ރޮޒައިނާ ހުށަހެޅުއްވީ މަޖިލީހުގެ މާލަމުން ފިރިހެން މެންބަރުން ނެރުމަށް ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމަށާއި އަންހެން މެންބަރުން ނެރުމަށް އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވާ ގޮތަށް ގަވާއިދު އިސްލާހު ކުރުމަށެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ރޮޒައިނާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ފެބްރުއަރީ ހަވަނަ ދުވަހު ބޭއްވި ޖަލްސާގައި އިދިކޮޅު ފިރިހެން މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލި ވަގުތު އެ މެންބަރުން ޗެމްބަރުން ނެރުމަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމާ ގުޅިގެން އެ އޮފިސަރުންނަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އެ ޖަލްސާގައި އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޗެމްބަރުން ނެރުމުގައި ހަރަކާތްތެރިވީ އަންހެން އޮފިސަރުންނެވެ.

ރޮޒައިނާ ވަނީ އަންހެން އޮފިސަރުންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް އަދި ފާޑުކިޔާތީ އެކަން ކުށްވެރިކުރައްވާފަ އެވެ.

ގަރާރުގައި ރޮޒައިނާ ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ތަންތަނުގައި އަންހެނުން ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވަނީ އަންހެން އޮފިސަރުން ކަމަށާއި ފިރިހެނުން ބަލާފާސްކުރުމަށް ހަރަކާތްތެރިވަނީ ފިރިހެން އޮފިސަރުން ކަމަށެވެ.

މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާގައި ހިނގި ކަމެއް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކާ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ގަރާރު ހުށަހެޅީ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910