ފިނިޕޭޖް

ސާޗާ ބެރަން ކޯއެންގެ އާއި ކީކީ ޕާމާގެ "ސުޕާ ޓޯއިޒް"

ސާޗާ ބެރަން ކޯއެން އާއި ކީކީ ޕާމާ "ސުޕާ ޓޯއިޒް" ފިލްމް ކުޅެނީ އެވެ.

ޑޭވިޑް އޯ ރަސަލް ލިޔެ ޑައިރެކްޓް ކުރާ މި ފިލްމްގައި ސާޗާ އާއި ކީކީ ކުޅޭނީ 1970ގެ އަހަރުތަކުގެ ގްރޫވީ ޓޯއި ސޭލްސް ރެޕުންގެ ރޯލެވެ.

މިދެމަފިރިން ފުރާނައަށް ނުރައްކާތެރިވާ ފަދަ މިޝަންއެއްގައި އެމެރިކާގެ މެދުތެރޭގައި ދަތުރުކުރަމުން، އެމީހުންގެ ކައިވެންޏާއި 12 އަހަރުގެ ހިފި ނުހުންނަ އަންހެން ދަރިފުޅު ސަލާމަތްކުރަންޖެހެ އެވެ.

މި ފިލްމުގެ އިތުރު މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

ކީކީ އެންމެ ފަހުން ފެނިފައިވަނީ "ނޯޕް" އިންނެވެ. މިފިލްމްގައި ކީކީގެ އެކްޓިންއަށް ވަނީ ތައުރީފް ލިބުމުގެ އިތުރުން އެވޯޑްތަކަށް ނޮމިނޭޝަން ލިބިފަ އެވެ. އަދި ޕިކްސާގެ "ޓޯއި ސްޓޯރީ" ސްޕިން އޮފް "ލައިޓްއިޔާ" އަށް އަޑު އަޅާފައިވާއިރު، "އެލިސް" އާއި ނެޓްފްލިކްސްގެ ސީރީޒް "ހިއުމަން ރިސޯސަސް"ގައި މަސައްކަތްކޮށްފައިވެ އެވެ.

"ބޮރާތް" އާއި "ދަ ޑިކްޓޭޓާ" ފަދަ ކޮމެޑީ ކުޅެފައިވާ ސާޗާ އެންމެ ފަހުން ފެނިފައިވަނީ 2020ގެ "ބޮރާތް ސަބްސިކުއަންޓް މޫވީފިލްމް" އާއި "ޓްރަޔަލް އޮފް ދަ ޝިކާގޯ 7" އިންނެވެ. "ބޮރާތް ސަބްސިކުއަންޓް މޫވީ ފިލްމް" އަށް ބެސްޓް އެޑެޕްޓަޑް ސްކްރީންޕްލޭ އަށް ނޮމިނޭޓްވެފައިވާއިރު، "ޓްރަޔަލް އޮފް ދަ ޝިކާގޯ 7" އިން ސާޗާ ވަނީ ބެސްޓް ސަޕޯޓިން އެކްޓާއަށް ނޮމިނޭޓްވެފަ އެވެ.

މީގެ އިތުރުން ސާޗާ 2021ގައި ރިލީޒްކުރި ޕިކްސާގެ "ލޫކާ"ގެ އަންގަލް ޔޫގޯއަށް އަޑު އަޅާފައިވެ އެވެ. އަދި މާވެލްގެ "އަޔަން ހާޓް" ސީރީޒްއިން ކުރިއަށް އޮތްތަނުގައި ފެންނާނެވެ.