ދިރާގު

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް "ސަޅި މަންތުލީ" ޕްލޭނާއެކު އިތުރު ޖީބީ

Feb 14, 2023

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޖީބީ ލިބޭ "ސަޅި މަންތުލީ" ޕްރޮމޯޝަން ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މިހާރު ކުރިއަށްދާ ޕްރޮމޯޝަންގައި އެންމެ 495 ރުފިޔާއަށް އެއް މަސް ދުވަހަށް ޑެއިލީ ތިން ޖީބީގެ ޑޭޓާ ލިބޭނެ އެވެ.

މި ޕްލޭނާއެކު ކޮންމެ މަހަކުވެސް 90 ޖީބީގެ ޑޭޓާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގު އެޕް ނުވަތަ 343 އަށް "S2GB30" އެސްއެމްއެސް ކޮށްލައިގެން ޕްލޭން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަންބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސް ދިނުމަށެވެ.