މީގެ 28 އަހަރު ކުރިން -- 1995 ގައި ނެރުނު ޓީން ރޮމޭންޓިކް ކޮމެޑީ "ކްލޫލަސް" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު އަދި ކަލްޓް ފިލްމަކަށް ވެގެން ދިޔަ ފިލްމެކެވެ.
އޭމީ ހެކާލިން ޑައިރެކްޓްކުރި މި ފިލްމަކީ ޖޭން އޮސްޓިންގެ "އެމާ" އަށް ޒާތަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިއީ އެލީސިއާ ސިލްވަސްޓޯން އާއި މާވެލްގެ "އޭންޓްމޭން"ގެ ރޯލް އަދާކުރާ ޕޯލް ރަޑް ލީޑް ރޯލް ކުޅުނު ފިލްމެކެވެ.
މީގެ އިތުރުން ބްރިޓްނީ މާފީ، ސްޓޭސީ ޑޭޝް، އެލީސާ ޑޮނޮވަން، ބްރެކިން މާޔަ، ޑޮނަލްޑް ފައިޒަން އަދި ޖެރެމީ ސިސްޓޯ އާއި ޖަސްޓިން ވޯކާ ފަދަ ތަރިން މި ފިލްމުގައި ހިމެނުނެވެ.
މި ފިލްމުގެ ޕްލޮޓް ކަމުދިއުމުގެ އިތުރުން، އެލީސިއާ ކުޅުނު ކެރެކްޓާ ކަމުގައިވާ ޝާ ހެރޮވިޓްޒްގެ ބައެއް ޑައިލޮގާއި ސްޓައިލް އަކީ ޓީނޭޖް އަންހެން ކުދިންނަށް ވަރަށް ކަމުގޮސް، ހިނގި ސްޓައިލެކެވެ.
މި ފިލްމު ނެރުނުތާ 28 އަހަރު ފަހުން ޝާގެ ސްޓައިލް ބޭނުންކޮށް އެލީސިއާ އާއި ރަކުޓެން އިން ސުޕާ ބޯލް އެޑްއެއް ހަދައިފި އެވެ.
މި އެޑްގައި ފެންނަނީ "ކްލޫލެސް" ގައި ޝާ ލީ ފަދަ ރީނދޫ ކުލައިގެ ޕްލެއިޑް ކުރު ބްލޭޒާ އަކާއި ސްކާޓް ލައިގެން، ދިގު އިސްޓާކީނަކަށް އަރައިގެން ކްލާސް ރޫމް ތެރެއަށް އަންހެން ކުއްޖަކު ވަދެގެން އަންނަ ތަނެވެ. ކުލާހުގައި ތިބޭ ކުދިން ބަލަމުން ދަނިކޮށް އެލީސިއާ ޝާގެ ކެރެކްޓާގައި ގޮސް ޕޯޑިއަމެއްގެ ކުރިމަތީގައި ހުއްޓެ އެވެ. އަދި ޝާގެ ކަނާތްފަރާތުގައި ހުއްޓިގެން ހުންނަނީ "ކްލޫލެސް"ގައި ޝާ އާ ވާދަވެރިވި އެމްބާ މެރިއެންސްގެ ރޯލް ކުޅުނު ތަރި އެލީސާ ޑޮނަވަން، އެ ކެރެކްޓާގަ އެވެ.
މި އެޑްއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި މީގެން ފެންނަ ގޮތުގައި 28 އަހަރު ފަހުން ބަލާއިރުވެސް 46 އަހަރުގެ އެލީސިއާ އާއި 52 އަހަރުގެ އެލީސާ އަށް އެހާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ދެ ތަރިންވެސް ހުރީ ވަރަށް ޒުވާންކޮށެވެ.
މި އެޑްއަށް ކްރިސްޓިއަން ފުރަތަމަ ތިން ހެދުން ޑިޒައިން ކުރި ނަމަވެސް، "ކްލޫލެސް"ގެ ސްޓައިލްއާ ބޮޑަށް ވައްތަރުކުރުމަށް އެލީސިއާ އެ އެޑްގައި ލައިގެން ހުރި ހެދުން ޑިޒައިން ކުރި އެވެ.