ފިނޭންސް މިނިސްޓްރީ

އިންޑިއާ ކުންފުނިތަކަކުން ހިންގާ މަޝްރޫއުތަކަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތް ހަދައިފި

Feb 15, 2023
އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް
0%
0%
0%

އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ދީގެން ހިންގާ މަޝްރޫއުތަކެއް، އާމްދަނީން ނަގާ ޓެކްސްއިން އިސްތިނާވާ ކަމަށް ކަނޑައަޅައިފި އެވެ.

މިއުސޫލު ގެނެސްފައިވަނީ މިހާރު ގެޒެޓްކޮށްފައިވާ ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.

މިފަދަ އިސްތިސްނާއެއް ކޮށްފައި މިވަނީ އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވޭ ފަރާތްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރެވޭ ފަރާތްތަކެއް ރައީސް ކަނޑައެޅުއްވުމުން އެ ދަފުތަރު ބަލަހައްޓާ އާންމުކުރުމުގެ ބާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީ އަށެވެ.

އިސްތިސްނާ ކުރި ބައެއް މަޝްރޫއު

  • އައްޑޫ މަގު ހެދުމުގެ މަޝްޜޫއު
  • އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް
  • ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު
  • ތިލަމާލޭ ބްރިޖުގެ މަޝްރޫއު
އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

އާމްދަނީން ނަގާ ޓެކްސް އިން އިސްތިނާވާ ކަމަށް ކަނޑައަޅާފައިވާ މަޝްރޫއުތައް ހިންގާ ކުންފުންޏާއި، މަޝްރޫއުތަކުގެ އަގު ފިނޭންސް މިނިސްޓްރީގެ ވެންސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.

އިސްތިސްނާ ކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ގިނަ މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެކެވެ.

އެފްކޮންސް ކުންފުނިން ރާއްޖޭގައި ބޮޑެތި މުހިއްމު މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު އެ ކުންފުނީގެ އެތެރޭގެ ގިނަ މައްސަލަތަކެއް މީޑިއާގައި ދަނީ ރިޕޯޓްކުރަމުންނެވެ. އެގޮތުން މުވައްޒަފުންގެ އަަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކެއިންބުއިމާއި އުޖޫރަ ލިބުމުގެ ހައްގަށް ކުންފުނިން ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށް ބުނެ އެފްކޮންސްގެ ބައެއް މުވައްޒަފުން ނޫސްތަކަށް މައުލޫމާތު ދީފައިވެ އެވެ.

މީގެއިތުރުން ވިލިމާލެ ފަރަށް އެފްކޮންސްގެ ބްރިޖު ޕްލެޓްފޯމުގެ ފައިކަށިތައް އެރުމާ ގުޅިގެން އެ ކުންފުނިން ދިވެހި ސަރުކާރަށް ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ވެސް ދައްކަންޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910