ފިނޭންސް މިނިސްޓްރީ

ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ފާތިމަތު ސޮލާހާ

Apr 16, 2023
1
ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ ހއ. ފިއްލަދޫ، ނިއުސްޓާ، ފާތިމަތު ސޮލާހާ
0%
0%
0%

ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ހއ. ފިއްލަދޫ، ނިއުސްޓާ، ފާތިމަތު ސޮލާހާ މިދިޔަ ބުރާސްފަތި ދުވަހު އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މި މާގަމަށް ފާތިމަތު ސޮލާހާ އައްޔަންކުރެއްވީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުންނެވެ.

ފާތިމަތު ސޮލާހާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާ އެއްފެންވަރުގަ އެވެ.

ފާތިމަތު ސޮލާހާ ވަނީ 2023 ވަނަ އަހަރު ޗާޓަޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށް ވެފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ފާތިމަތު ސޮލާހާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓްފިކެޓްޑް އެކައުންޓެންޓްސްގެ މެންބަރެކެވެ.

ފާތިމަތު ސޮލާހާ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ.

މީގެ ކުރިން ފާތިމަތު ސޮލާހާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަގާމު އަދާކުރައްވާފަ އެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައިވެސް ފާތިމަތު ސޮލާހާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމު އަދާކުރައްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910