އުރީދޫ

އެމް-ފައިސާ މެދުވެރިކޮށް ތުރުކީ އާއި ސީރިއާއަށް އެހީވުމުގެ ފުރުސަތު

Feb 15, 2023

ތުރުކީ އާއި ސީރިއާ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

އުރީދޫ އެޕްގައިވާ އެމް-ފައިސާއަށް ލޮގިންވުމަށްފަހު ސްމާޓް ޕޭ ހިޔާރުކޮށް، ތުރުކީ އާއި ސީރިއާއަށް އެހީތެރިވުމަށް ހާއްސަ ކުރެވިފައިވާ ކިއުއާރު ސްކޭންކޮށްލަންޖެހެ އެވެ. އެއަށްފަހު އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު ޖެހޭނީ ޕޭމަންޓް ފުރިހަމަކޮށްލާށެވެ.

އެހެން ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

އުރީދޫން ބުނި ގޮތުގައި އެހީގެ ގޮތުގައި ލިބޭ ފައިސާ ތުރުކީ އާއި ސީރިއާއަށް ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށެވެ.