ފޮރިން މިނިސްޓްރީ

ދަރިވަރުން ހާރިޖީ ސިޔާސަތަށް އަހުލުވެރިކުރުވަނީ

Feb 15, 2023
ހާރިޖީ ސިޔާސަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ފަރާތުން ފަށާފައިވާ އައުޓްރީޗް ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް ބޭއްވި ފުރަތަމަ ސެޝަންގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްގެ ފަރާތުން ފަށާފައިވާ އައުޓްރީޗް ޕްރޮގްރާމުގެ ފުރަތަމަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި، ޔުނިވާސިޓީތަކުގެ ދަރިވަރުންނަށާއި އަދި ސަރުކާރު ވުޒާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ހާރިޖީ ސިޔާސަތާ ގުޅޭ ހާއްސަ ކަންތައްތަކާއި، މި ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރާނެ އެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ފުރަތަމަ ސެޝަން މިއަދު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދެއްކެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ހާރިޖީ ސިޔާސަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ފަރާތުން ފަށާފައިވާ އައުޓްރީޗް ޕްރޮގްރާމުގެ މައުލޫމާތު ދިނުމަށް ބޭއްވި ފުރަތަމަ ސެޝަންގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ

މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތު ބައްޓަންވެގެން އައިސްފައިވާ ގޮތާއި، ހާރިޖީ ސިޔާސަތު މުހިންމު ވަނީ ކީއްވެ ކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވެވި އެވެ. އަދި ހާރިޖީ ސިޔާސަތު ރައްޔިތުންނަށް އެނގިފައި އޮތުން މުހިންމު ވަނީ ކީއްވެ ކަންވެސް ވިދާޅުވެ ދެއްވެވި އެވެ.

މީގެ އިތުރުން ހާރިޖީ ސިޔާސަތުގެ ދަށުން ރާއްޖޭން ހޯދާފައިވާ ކާމިޔާބީތައްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމުގެ ދަށުން އިތުރު ސެޝަންތަކެއް މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ސެޝަންތަކުގައި ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާޝަލް ޑިޕްލޮމަސީ، ކޮންސިއުލާ އަދި ޕްރޮޓޮކޯލް އުސޫލުތަކާއި ހަމަތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910