ވިޔަފާރި

ސައޫދީގައި ބާއްވާ ޓްރެވަލް ފެއާގައި މަޓާޓޯއިން ބައިވެރިވަނީ

Jan 28, 2016
  • ފެއާ އޮންނަނީ އެޕްރީލް 12-15 އަށް
  • މިއީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ
  • ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށް

ސައޫދީ އަރަބިއްޔާގެ ރިޔާދުގައި މި އަހަރު އޮންނަ "ރިޔާދު ޓްރެވަލް ފެއާ" ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާން ނިންމައިފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ބުނީ މި އަހަރުގެ އެޕްރީލް 12-15 އަށް ސައޫދީ އަރަބިއްޔާގެ ރިއާދުގައި އޮންނަ މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ މެދު އިރުމަތިން އަންނަ ޓޫރިސްޓުން އިތުރު ކުރުން ކަމަށެވެ.

"ރިއާދު ޓްރެވަލް ފެއާ" ބާއްވާ ސައޫދީ އަރަބިއްޔާއަކީ މެދުއިރުމަތީގައި ހިމެނޭ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.

މަޓާޓޯ އިން ބުނީ މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި، ފެއާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.