ދުނިޔެ

ޗައިނާ ރުޅިއެރުވުމުގެ ހަރަކާތެއްގައި ޕެންޓަގަންގެ އޮފިޝަލުން ޗައިނާއަށް

އެމެރިކާގެ ދިފާއީ އިދާރާ -- ޕެންޓަގަންގެ އިސް އޮފިޝަލަކު ޓައިވާނަށް ވަޑައިގަންނަވަނީ އެވެ. މިއީ ފުއްޕާހަމެއްގެ މައްސަލާގައި ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން އިތުރުވާނެ އަމަލެކެވެ.

އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް މައިޗަލް ޗޭޒް މި ފެށޭ ހަފުތާގައި ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް ޕެންޓަގަނުން ބުނާއިރު އޭނާ މިވަގުތު ހުންނެވީ އަސްކަރީ ވަފުދަކާ އެކު މޮންގޯލިއާގަ އެވެ.

ބެލެވޭ ގޮތުގައި މައިކަލް ޗޭޒް ޓައިވާނަށް ވަޑައިގަންނަވާނީ އޭނާ އާއެކު ދަތުރުގައި އުޅޭ ޓީމާ ވެސް އެކު އެވެ.

މައިކަލް ޗޭޒް އަކީ ބައިނަލްއަގްވާމީ ދިފާއީ ސިޔާސަތުގައި، ޗައިނާގެ ސިޔާސަތާ ހަވާލުވެ ހުންނެވި އިސްވެރިޔާ އެވެ.

ޗައިނާ އާއި ޓާއިވާންއާ ދެމެދު އެމެރިކާ މުއާމަލާތްކުރާ ކުރުމުގައި މައިކަޒް ޗޭޒްގެ އަންދާޒާ ރިޕޯޓްތައް ވެސް މުހިންމު މަސްދަރަކަށް ހަދަ އެވެ.

ޗައިނާގެ ޖާސޫސީ ފުއްޕާ ހަމެއް ކަމަށް ބުނާ ބިޔަ ހަމެއް، އެމެރިކާގެ އަވަށްތަކުގެ މަތިން ވަޔާއެކު ދަތުރުކުރީ -- އެމެރިކާ ބުނާ ގޮތުން ޗައިނާ އިން ގަސްދުގައި އެމެރިކާއިން ޖާސޫސްކުރަން ނިޔަތްގަތް ގޮތަށެވެ. އެހެން ނަމަވެސް، އެމެރިކާގެ މި ބުނުމަށް ޗައިނާ ދެކޮޅު ހަދަ އެވެ.

ޗައިނާ ބުނާ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ބަޑިޖަހައި ވައްޓާލި ފުއްޕާހަމަކީ މަދަނީ ބޭނުންތަކަށް -- މޫސުމީ ދިރާސާތަކަށް ފޮނުވި ފުއްޕާހަމެކެވެ. އެމެރިކާއާ ހަމައަށް ހަން ދިޔައީ މޫސުމީ ވައިހުރި ގޮތުން ކޮންޓްރޯން ނައްޓާލައިގެންނެވެ.

ފުއްޕާހަމުގެ މައްސާލާގައި ހިހޫނުވެ އޮތް ދެ ގައުމުގެ ގުޅުން -- އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ދަތުރުކުރުމުން، ދެން އަނެއްކާ ވެސް ވާނީ ހޫނެވެ. އެމެރިކާއަށް މިކަން އެނގެ ހާލުގައި ޓައިވާނަށް އޮފިޝާލުން ފޮނުވުމަކީ ގަސްދުގައި ޗައިނާ ރުޅިއަރުވަން ކުރާ ކަމެކެވެ.