ފައިސާގެ ބޮޑެތި އިނާމުތަކެއް ލިބޭ ގޮތަށް މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯގެ މަސް ފިހާރައިގައި ރޭ އޮތް ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާން އެވެ.
މިއަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ އެވެ. އަދި ނަސީބުވެރި ތިން ފަރާތް ހޯވާނެ އެވެ.
ނަސީބުވެރިންނަށް ލިބޭ އިނާމު
- އެއްވަނަ ނަސީބުވެރިޔާ: 100،000 ރުފިޔާ
- ދެވަނަ ނަސީބުވެރިޔާ: 45،000 ރުފިޔާ
- ތިންވަނަ ނަސީބުވެރިޔާ: 25000 ރުފިޔާ
ރޯދަ މަހާ ދިމާކޮށް މިފްކޯ އިން ވަނީ މަސްދަޅު ޕެކްތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ހަ ދަޅުގެ ޕެކާއި، 12 ދަޅުގެ ޕެކާއި 24 ދަޅުގެ ޕެކާއި އަދި 48 ދަޅުގެ ޕެކެވެ.
މިފްކޯގެ ޖެނެރަލް މެނޭޖާ ސޭލްސް އެންޑް މާކެޓިން އަހުމަދު ޒާމް ވިދާޅުވީ މިހާރުވެސް ލިބޭ އަގަށް މިފްކޯގެ މަސް ދަޅު ރޯދަ މަހުވެސް ލިބޭނެ ކަމަށާއި ސްޓޮކް ހުސްނުވާނެ ކަމަށެވެ.