ފިނިޕޭޖް

"މައި ބިގް ފެޓް ގްރީކް ވެޑިން 3" ސެޕްޓެމްބަރުގައި ނެރެނީ

ޔުނިވާސަލް ޕިކްޗާސްގެ ފޯކަސް ފީޗާސް އިން "މައި ބިގް ފެޓް ގްރީކް ވެޑިން"ގެ ތިންވަނަ ފިލްމް މިއަހަރުގެ ސެޕްޓެމްބަރު ތިންވަނަ ދުވަހު ނެރުމަށް ނިންމައިފި އެވެ.

މި ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައިވަނީ މި ފިލްމުގެ ލީޑް އެކްޓްރެސް ނިއާ ވާޑެލޮސްއެވެ.

އުމުރުން 60 އަހަރުގެ ނިއާ ވަނީ މީގެ ފުރަތަމަ ދެ ފިލްމުގައިވެސް އެކްޓްކުރުމުގެ އިތުރުން އެ ދެ ފިލްމް ލިޔެފަ އެވެ.

ނިއާއަށް މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގެ ރައިޓަރެއްގެ ގޮތުން ވަނީ އެކަޑަމީ އެވޯޑް ނޮމިނޭޝަނެއް ލިބިފަ އެވެ.

ނިއާގެ އިތުރުން "މައި ބިގް ފެޓް ގްރީކް ވެޑިން 3" ގައި ޖޯން ކޯބެޓް، އެންޑްރިއާ މާޓިން، ލުއިސް މެންޑިލަ، މަރިއާ ވެކްރެސިސް، އެލީނާ ކެމްޕޫރިސް، ޖޯއީ ފެޓޯން އާއި ޖިއާ ކެރިދެސް ހިމެނެ އެވެ. އަދި އެލާޔަސް ކަކޭވަސްއައި މެލީނާ ކޮޓްސެލޫ އަކީ މި ފިލްމް ފްރެންޗައިޒަށް އާ ތަރިންނެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގައި ތޫލާގެ ބައްޕަގެ ރޯލް އަދާކުރި މައިކަލް ކޮންސްޓަންޓިން ވަނީ އޮގަސްޓް 31، 2021 ގައި މަރުވެފަ އެވެ.

ކޯވިޑް-19ގެ ސަބަބުން ލަސްތަކެއް އައިސް، "މައި ބިގް ފެޓް ގްރީކް ވެޑިން 3" ޝޫޓްކޮށްފައިވަނީ މިދިޔަ އޮގަސްޓް ހިސާބުގައި ގްރީސްގަ އެވެ. އަދި މި ފްރެންޗައިޒްގެ ނަމާ ގުޅުވާފައި، ތިންވަނަ ފިލްމްގައިވެސް ކައިވެންޏެއް އޮންނާނެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޓޮމް ހޭންކްސް އާއި އަންހެނުން ރީޓާ ވިލްސަން ހިމެނެ އެވެ.

ހަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށް ވަނީ ފާޑުކިޔުންތެރިންގެ ފަރާތުން ތައުރީފް ލިބި، ބޮކްސް އޮފީހުން 368.7 މިލިއަން ޑޮލަރު ލިބިފަ އެވެ. މި ފިލްމަކީ މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމު ތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. 18 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ދެވަނަ ފިލްމަށް ފާޑުކިޔާ މީހުންގެ ފަރާތުން ފާޑު ކިޔުން ލިބުނު ނަމަވެސް، މި ފިލްމު ވެސް ވަނީ ބޮކްސް އޮފީހުގައި 90 މިލިއަން ޑޮލަރު ހޯދާފަ އެވެ.