ފިނިޕޭޖް

މާކް އެންތަނީއަށް ހަތްވަނަ ދަރިއަކު ލިބެނީ

އުމުރުން 54 އަހަރުގެ ލެޓިން ލަވަކިޔުންތެރިޔާ އަދި އެކްޓަރު މާކް އެންތަނީ އާއި އޭނާގެ އަންހެނުން 23 އަހަރުގެ ނާޑިއާ ފެރޭރާއާއަށް ދަރިއަކު ލިބެނީ އެވެ.

މިދެމަފިރިން ޕްރެގްނަންސީގެ ހަބަރު ހިއްސާކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓަކުންނެވެ.

މި ޕޯސްޓްގައި ޝެއާކުރި ފޮޓޯގައި ނާޑިއާގެ ބޮޑުވަމުން އަންނަ ބަނޑުގައި ދެމީހުންގެ ވެޑިން ރިންގް ފެންނަ ގޮތަށް ވައަތު އަތް ބާއްވާފައިވެ އެވެ. މިއީ ނާޑިއާގެ ފުރަތަމަ ދަރިފުޅު ކަމުގައިވީ މިއީ ނަމަވެސް މާކް އެންތަނީގެ ހަތްވަނަ ދަރިފުޅެވެ.

ނާޑިއާ އަކީ 2021 އަހަރުގެ މިސް ޔުނިވާސް ރަނަރަޕް އަދި މޮޑެލް އެކެވެ.

މާކް އާއި ނާޑިއާ ކައިވެނިކުރީ މިދިޔަ ޖެނުވަރީ 22 ވަނަ ދުވަހު އެވެ. މިއީ ނާޑިއާގެ ފުރަތަމަ ކައިވެންޏެވެ. އަދި މާކްގެ ހަތަރުވަނަ ކައިވެންޏެވެ.

މާކް ފުރަތަމަ ކައިވެނިކުރީ ކުރީގެ މިސް ޔުނިވާސް ޑަޔާނާ ޓޮރެސްއާ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބުނެވެ. އޭގެ ފަހުން ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްއާ ކައިވެނި ކޮށް، ދެ ކުދިން ލިބުނެވެ. އަދި ތިންވަނަ ކައިވެނިކުރީ މޮޑެލް ޝެނަން ޑި ލީމާއާ އެވެ. މާކްގެ ކުރީގެ ލޯބިވެރިޔާ އަށް ލިބުނު ދަރިއަކާއި އެޑޮޕްޓް ކުރި ދަރި އަދި ފުރަތަމަ ދެ ކައިވެންޏަށް ލިބުނު ހަތަރު ކުދިން ހިމަނައިގެން މުޅިއަކު ހަ ދަރިން މިހާރު އެބަތިއްބެވެ.