ފްލޯޓިން ސިޓީ

ހުޅުމާލެ ފަޅުގައި ފްލޯޓިން ސިޓީގެ މޮކަޕް، ދައްކާލަން އާ ތާރީހެއް

Feb 21, 2023

ފްލޯޓިން ސިޓީގެ މޮކަޕް ގެތައް ހުޅުމާލެ ފަޅު ތެރޭގައި ބަހައްޓާ ގެތައް ދައްކާލުމަށް އާ ތާރީހެއް އަނެއްކާވެސް ދީފި އެވެ.

ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީގައި 5،000ގެ އެޅުމަށް ވަނީ ނިންމާފަ އެވެ.

ހުޅުމާލޭ ފަޅުގައި މޮކަޕް ޔުނިޓްތައް ބެހެއްޓުމަށްފަހު އެ ޔުނިޓްތަކުގެ ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ.

ފްލޯޓިން ސިޓީގެ ރަސްމީ ގެތައް ހަދަން ނިންމާފައިވަނީ މާލެ އިން ފުރައިގެން ފަސް މިނެޓުން ދެވޭހާ ދުރުގައި އޮންނަ ފަޅެއްގަ އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްދާ މަޝްރޫއު ލޯންޗް ކުރީ މާޗް 14، 2021 ގައެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމަކަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް ޖޫން 23، 2022 ވަނަ ދުވަހު އިތުރު އެއްބަސްވުމެއްގައި ސަރުކާރާއި ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ދެމެދު އަލުން ސޮއިކޮށްފައިވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.