ދުނިޔެ

ސްވިޑަންއަށް ހިޖުރަކުރަން އެދުނު 80،000 މީހުން ބޭރުކޮށްލަން ނިންމައިފި

ސްވިޑެން އަށް ހިޖުރަކޮށް ހިމާޔަތް ހޯދުމަށް ފޯމުލާފައިވާ މީހުންގެ ތެރެއިން 80،000 އެއްހާ މީހުންގެ އެޕްލިކޭޝަންތައް ގަބޫލުނުކޮށް އެމީހުން އެގައުމުން ބޭރުކޮށްލަން އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނިންމައިފި އެވެ.

އެމިނިސްޓްރީ އާއި ހަވާލާދީ ހަބަރުތަކުގައި ބުނަނީ ސްވިޑެން އިން ހިމާޔަތް ހޯދުމަށް 163،000 މީހުން އެދިފައިވާ ކަމަށާއި އޭގެ ތެރެއިން އެގައުމުން ބެލި 58،800 މީހެއްގެ އެޕްލިކޭޝަން ބަލާފައިވާ ކަމަށެވެ.

އަދި އޭގެތެރެއިންވެސް ފުރުސަތު ދިނީ 55 ޕަސެންޓް މީހުންނަށް ކަމަށް ހަބަރުތައް ބުނެ އެވެ. އެގައުމުގައި އުޅެން މީހުންނަށް ފުރުސަތު ދެނީ ވަކި ޝަރުތުތަކެއް ހަމަވާ އަދި ސްވިޑެންގެ ކޯޓުތަކުންނާއި ކަމާބެހޭ ފަރާތްތަކުންކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.

މިހާރު އެތައް ފަހަރެއްގެ މަތިން ރެފިއުޖީން ޑީޕޯޓުކޮށްފައިވާއިރު ޑެޕިއުޓީން ޑީޕޯޓު ކުރާނީ ޗާޓަރު މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ.

މިދިޔަ އަހަރަކީ އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ މީހުން ސްވިޑެން އަށް ހިޖުރަކޮށްފައިވާ އަހަރެކެވެ.