ފިނިޕޭޖް

"ފާސްޓް އެކްސް": ޓޮރޭޓޯގެ އާއިލާ ދިފާއުކުރުމުގައި

ޔުނިވާސަލް ޕިކްޗާސްގެ "ފާސްޓް އެންޑް ފިއުރިއަސް" އޮރިޖިނަލް ފްރެންޗައިޒްގެ ދިހަ ވަނަ ފިލްމް "ފާސްޓް X" ގެ ޓްރޭލާ ނެރެފި އެވެ.

މި ޓްރޭލާއިން ފެންނަނީ ޖޭސަން މޯމޯއާގެ ކެރެކްޓާ ޑަންޓޭ، ވިން ޑީސަލްގެ ކެރެކްޓާ ޑޮމިނިކް ޓޮރޭޓޯގެ ކެރެކްޓާގެ އާއިލާ އާއި ކްރޫ ގާތުން އޭނާގެ ބައްޕަގެ މަރުގެ ބަދަލު ހިފުމަށް ސައިފާއާ ގުޅިގެން، އެންމެނަށް ހަމަލާދޭ ތަނެވެ. އަދި އެކި ގައުމުތަކުން އެކި މީހުންނަށް ހަމަލާދެމުންދާއިރު، މި ފްރެންޗައިޒްގެ އެހެން ފިލްމްތަކެކޭ އެއްފަދައިން ވަރުގަދަ އެކްޝަންއާއި ކާރު ރޭސްތަކާއި ގޮވުންތައް ފެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު ލުއީ ލެޓެރިއާ ބުނީ މި ފިލްމުގައި ކުރިން ހިނގާފައިވާ ބައެއް ކަންތައްތައް ބެލުންތެރިންނަށް ފެނިފައިވާ ގޮތުގެ ނަޒަރިއްޔާ ބަދަލުކޮށްލާނެ ކަމަށެވެ. މިގޮތުން 1950 ގައި ޖަޕާންގެ ފިލްމް ޑައިރެކްޓަރެއް ކަމުގައިވާ އަކީރާ ކުރަސާވާގެ "ރޮޝޮމޯން" ގައި ގެނެސްދީފައިވާ ކަހަލަ ޕްލޮޓްގެ އުކުޅު މި ފިލްމުގައި ހިމަނާފައިވެ އެވެ.

މި ފިލްމުގައި ވިން ޑީސަލް އާއި ޖޭސަން މޯމޯއާގެ އިތުރުން މި ފްރެންޗައިޒްގެ ކެރެކްޓަރުތައް ކުޅޭ ތަރިން ކަމުގައިވާ މިޝޭލް ރޮޑްރިގޭޒް، ޓައިރީސް ގިބަންސް، ކްރިސް "ލޫޑަކްރިސް" ބްރިޖަސް، ޖޯޑާނާ ބްރޫސްޓާ، ޖޯން ސީނާ، ޖޭސަން ސްތޭތަމް، ނެތަލީ އިމޭނުއަލް، ސުން ކަންގް، ހެލަން މިރެން، ބްރީ ލާސަން، ޝާލީޒް ތެރަން، ސްކޮޓް އީސްޓްވުޑް، ޑެނިއެލާ މެލްކިއާ އާއި ރީޓާ މޮރޭނޯ ހިމެނެ އެވެ. އަދި ގަލް ގަދޮތްގެ ކެރެކްޓާވެސް އައުން އެކަށީގެންވެ އެވެ.

އާކައިވް ކޮށްފައިވާ ފުޓޭޖު ބޭނުންކޮށްގެން މި ފިލްމުގައި ޕޯލް ވޯކާގެ ކެރެކްޓާ ބްރާޔަން މި ފިލްމްގައި ހިމަނާފައިވެ އެވެ. ލުއީ ބުނީ މި ފްރެންޗައިޒްގައި ބްރާޔަން ދިރިހުރި ކަމަށާއި މި ފިލްމުގައި މާޒީ އާއި މިހާރު ދައްކާއިރު، މިއީ ބްރާޔަންގެ ކެރެކްޓާ އަނެއްކާ ހިމަނަން ރަނގަޅު ވަގުތެކެވެ. 2015 ގައި ނެރުނު "ފިއުރިއަސް 7" ގައި ވަނީ ބްރާޔަން މިއާ ޓޮރޭޓޯ (ޖޯޑާނާ ބްރޫސްޓާ) އާއެކު ރިޓަޔާކުރާ ގޮތަށް ޕޯލް ވޯކާއަށް އަލްވަދާއު ކިޔާފަ އެވެ. 2013ގެ ނޮވެމްބަރުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޕޯލް ވަނީ މަރުވެފަ އެވެ.

2001 ގައި ނެރުނު "ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" އިން ފެށި މި ފްރެންޗައިޒްގެ ނުވަ ފިލްމް ނެރެފައިވާއިރު، ސްޕިން-އޮފް އެއް ކަމުގައިވާ "ފާސްޓް އެންޑް ފިއުރިއަސް ޕްރެސެންޓްސް: ހޮބްސް އެންޑް ޝޯ" ވަނީ ރިލީޒްކޮށްފަ އެވެ. "ފާސްޓް އެކްސް" އަށް ފަހު "ފާސްޓް އެންޑް ފިއުރިއަސް"ގެ މެއިން ފްރެންޗައިޒްގެ އެންމެ ފަހު ފިލްމް ހެދުމުގެ މަސައްކަތް އެބަކުރިއަށްދެ އެވެ.

"ފާސްޓް އެކްސް" ސިނަމާތަކަށް ރިލީޒްކުރާނީ މިއަހަރުގެ މެއި 19 ވަނަ ދުވަހު އެވެ.