މޯލްޑިވްސް ޕޮލިސް ސާވިސް

ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭ، ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ބިދޭސީއެއްގެ އިތުރުން 26 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

މި މައްސަލައާއި ގުޅިގެން މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.