ޖުމްހޫރީ ޕާޓީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމު އުވާލައިފި އެވެ.
ޖެޕީން މިގޮތަށް ނިންމީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ކޮންފަރެންސްގަ އެވެ. ކޮންފަރެންސްގެ ރިޔާސަތުގައި އިންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމު އުވާލުމަށް ފާސްކުރީ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ޖޭޕީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމު އުވާލުމަށް ފާސްކުރުމާ ގުޅިގެން އެ ޕާޓީގައި އެންމެ އިސްކޮށް ހުންނަވާނީ ޕާޓީގެ ލީޑަރެވެ. އޭގެފަހަތުން ތިއްބަވާނީ ފަސް ނައިބް ލީޑަރުންނެވެ.
ޖޭޕީގެ ރައީސްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. ނައިބް ރައީސްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ އަހްމަދު ސައުދު އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންފަރެންސްގައި ނިންމުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމެވެ. ޖޭޕީގެ މި ނިންމުން ނިންމުމަށް ހަމަޖެހިފައިވަނީ ކޮންފަރެންސްގެ ހަތަރުވަނަ ދަންފަޅީގައި މާދަމާ ހަވީރު އެވެ.