ހުޅަނގުގެ ގައުމުތަކުގެ ވެރިން ރަޝިއާއަށް އޮޅުވާލުމަށް ކުރިން ވެސް ހެދީ ދޮގު ކަމަށާއި މިހާރު ވެސް ހަދަނީ ދޮގު ކަމަށް އދ. އަށް ރަޝިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސިލީ ނިބިންޒިއާ ވިދާޅުވެއްޖެ އެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ނިބިންޒިއާ ވިދާޅުވީ ހުޅަނގު ގައުމުތަކުގައި ވަކި ކަހަލަ ވަކި ވެރިއަކު ނެތް ކަމަށާއި ތިބީ ހުސް ދެފުށްކެރިން ކަމަށެވެ.
ނިބިންޒިއާ ވިދާޅުވި ގޮތުގައި ނޭޓޯ ފުޅާ ނުކުރާނެ ކަމަށް ބުނެ ރަޝިއާއަށް ވައުދުވެފައި، ނޭޓޯ ފުޅާކުރުމުގައި އަމަލީ ގޮތުން ހުޅަނގުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ދުނިޔޭގެ އިގުތިސާދީ މަޝްރަހުގައި އެ ގައުމުތައް އޮތް ހިސާބު ރަޝިއާއަށް އޮޅުވާލައި ރަޝިއާގެ ކިބައިން ސައްހަ މައުލޫމާތު ހޯދުމަށް ހުޅަނގުން ޕްރެޝަރު ކުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއަށް ގޮވާލައި އދ. އިިން ގަރާރެއް މިހާރު އޮތީ ފާސްކޮށްފަ އެވެ.
ނިބިންޒިއާ ވިދާޅުވި ގޮތުގައި ޔުކްރޭންގައި ސުލްހަ ގާއިމުކުރަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް -- ފަހުން ޝައްކު އުފައްދަވައި އެކަމާ ދުރަށް ވަޑައިގަތީ އެވެ.
އެމެރިކާ ބޭނުންވާހާ ގޮތަކަށް އަދި ޔުކްރޭން އެދޭހާ ގޮތަކަށް ޔުކްރޭނަށް ސުލްހަ ނުގެނެވޭނެ ކަމަށް ރަޝިއާއިން ވަނީ ބުނެފަ އެވެ.
މިހާރު މިއޮތީ ޔުކްރޭންގެ ނުތަނަވަސްކަން ފެށިފައި ކަމަށާއި ދޫދޭނީ ރަޝިއާގެ އެދުންތަކަށް އެއްބަސްވި ޒަމާނަކުން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ރަޝިއާ ސިފައިން ޔުކްރޭނުން ބޭލުމަށް ޕްރެޝަރުކުރުމަށް އިތުރު ދަތިކުރުންތައް ހުރީ ފައްކާކޮށްފައި ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ.
ރަޝިއާ ބުނާ ގޮތުން ހުޅަނގުން އަޅާ ދަތިކުރުމަކުން އަދި ބިރުގަންނަ ވަރެއް ނުވެ އެވެ.