ޖުމްހޫރީ ޕާޓީ

ގެރެންޓީއެއް ހޯދުމަށް ގާސިމު އެދިވަޑައިގެންފައެއް ނުވޭ: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ސަރުކާރުގެ ތެރެއިން އެއްވެސް ކަމެއްގައި ގެރެންޓީއެއް ހޯދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފައި ނުވާނެ ކަމަށް އެ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޤާސިމް އިބްރާހީމް، 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ލޯނުގެ ސަވަރިން ގެރެންޓީއެއް ހޯދެއްވުމަށް ސަރުކާރަށް ޕްރެޝަރު ކުރައްވާ ކަމަށް ބުނެ ނޫހަކުން ޝާއިއުކުރި ޚަބަރަކަށް ރައްދު ދެއްވަމުން އަމީން ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

"މިއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގެއް. އެއްވެސް އަސްލެއް ނެތް ބުހުތާނެއް،" އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ މިޒާތުގެ ވާހަކަތައް މިހާރު ފަތުރަން ފެށީ ކީއްވެކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަމީން އެ އިޝާރާތް ކުރައްވަނީ ގާސިމު ރިޔާސީ އިންތިހާބަށް ނިކުންނެވުމަށް ކުރައްވާ މަސައްކަތްތަކަށެވެ.

ލޯނު ގެރެންޓީއެއް ހޯދުމަށް ގާސިމު މަސައްކަތް ކުރައްވާ ކަމަށް ބުނާ އަޑުތަކެއް ގަދަވެފައި މިވަނީ ޖޭޕީ އިން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެޕާޓީގެ ގައުމީ ކޮންފަރެންސްގައި ހޮނިހިރު ދުވަހު ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ. އެކަމަކު ކޮންފަރެންސްގެ މިނިންމުމާ ގުޅިގެން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމާނީ ޖޭޕީގެ ކައުންސިލްގަ އެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އައި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން 2018 ވަނަ އަހަރުގެ އިންތިހާބު ފިޔަވާ އަނެއްް ދެ އިންތިހާބުގައި -- 2008 އާއި 2013 ގައި ގާސިމް ވަނީ ޖޭޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އިންތިހާބުތަކުގައި ކާމިޔާބު ލިބިވަޑައިނުގަތުމުން ކޯލިޝަން ހައްދަވައިގެން ވެރިކަން ލިބިވަޑައިގަންނަވަނީ ގާސިމް ހުންނަވާ ކޯލިޝަނަކަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހުދު ގަމީސް

ތީ ރ.ޔާމިން ސަރުކާރުން ފެށިގެން ގާސިމް ފައިވިއްދާފަ ހުރިކަމެއް. ބޮޑާހާކަފަހުރެފަ ކޮމަންޑޫ ދާއިރާގެ ބައިއިލެކްސަނައް މޑޕއާއެކީ ނުކުތީވެސް އެފަހަރު ސޯލިހުއެކަމައް އެއްބަސްވީމަ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910