ފިނޭންސް މިނިސްޓްރީ

ހުޅުމާލޭގެ 17 ބިމެއް 800 މިލިއަން ރުފިޔާއަށް ސަރުކާރުން ގަނެފި

Feb 28, 2023
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން. ހުޅުމާލޭގެ 17 ބިމެއް 800 މިލިއަން ރުފިޔާއަށް ސަރުކާރުން މިހަފްތާގައި ވަނީ ގަނެފައި -- ފޮޓޯ: މުހައްމަދު ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ސަރުކާރުގެ ބޭނުމަކަށް ހުޅުމާލެ އިން 17 ބިމެއް 878،4 މިލިއަން ރުފިޔާއަށް ގަނެފި އެވެ.

އެޗްޑީސީގެ އަތުން މި ބިންތައް ގަނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ.

ބިން ގަތުމުގެ މި މުއާމަލާތް ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ނިންމާ، މި ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ބަދަލުކޮށްދީފަ އެވެ.

ދިވެހި ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދު ޖުމްލަ 17 ބިމެކެވެ.

ސަރުކާރުން ބިންތަކެއް ގަނެފައިވީ ނަމަވެސް މިކަން ކުރި ބޭނުމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޑީސީގެ އަތުން މީގެކުރިންވެސް ސަރުކާރުން ބައެއް ބިން ގަނެފައިވެ އެވެ. އަދި އެފަދަ ބައެއް ބިންތައް ޑިޕްލޮމެޓިކް ބޭނުމަށްވެސް ސަރުކާރުން ދޫކޮށްފައިވެ އެވެ.

ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިންތަކެއް ގަނެފައި މިވަނީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން 1،000 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910