އުރީދޫ

މޮބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫން ބައިވެރިވެއްޖެ

Mar 1, 2023

ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިޔުސީ)ގައި އުރީދޫ ގްރޫޕުން ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ކަނެކްޓިވިޓީ އިވެންޓް ކަމަށްވާ މިއަހަރުގެ މޮބައިލް ވޯލްޑް ކޮންގްރެސް ކުރިއަށްދާނީ ފެބްރުއަރީ 27 އިން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޑަބްލިޔުސީ މިއަހަރުގެ ތީމްތަކަކީ 5ޖީ އެކްސެލެރޭޝަން: ރިއަލިޓީ+ އާއި އޯޕަންނެޓް އާއި ފިންޓެކް އަދި ޑިޖިޓަލް އެވްރިތިންގް އެވެ.

އުރީދޫ ގްރޫޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮޕަރޭޓިން ކުންފުނިތަކުގެ މަންދޫބުންގެ ވަފުދެއް މި ތީމްތަކަށް ވިސްނުން ހިއްސާކުރައްވާނެ އެވެ.

މޮބައިލް ވޯލްޑް ކޮންގްރެސް 2023ގައި އުރީދޫން ބައިވެރިވުމަކީ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ ތެރޭގައި އިނޮވޭޝަން އަދި ޓެކްނޮލޮޖީ ލީޑަޝިޕަށް އެކުންފުނިން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާ ކަމެކެވެ.

މި ހަރަކާތުގައި ބައިވެރިވާ އުރީދޫގެ އިސް މަންދޫބުންގެ ވަފުދުން ސިނާއަތާއި ދުނިޔޭގެ މަޝްހޫރު ގިނަ ޕާޓްނަރުންނާ ބައްދަލުކުރާނެ އެވެ. އަދި ސިނާއަތާއި ސްޓޭކްހޯލްޑަރުންނަށް އަސަރުކުރާ މައްސަލަތަކުގައި މަތީ ފެންވަރުގެ މަޝްވަރާތަކުގެ އިތުރުން އާ ޕާޓްނަޝިޕްތަކާއި ވިޔަފާރީގެ ގުޅުންތަކުގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރާނެ އެވެ.