މާލޭ ހުކުރު މިސްކިތް

މަހާނަ ގާތަކަށް ގެއްލުންވާތީ ހުކުރު މިސްކިތުގެ ގަސްތައް ނަގަނީ

މާލޭ ހުކުރު މިސްކިތުގައި ހުރި ގަސްތަކުގެ ސަބަބުން މަހާނަ ގާތަކަށް ގެއްލުންވަމުންދާތީ އެ ގާތަށް ނަގަން ފަށައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ހުކުރު މިސްކިތުގައި ހުރި ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ޕާކަށް ކަމަށެވެ. އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގުޅިގެން ގަސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހިޔާ ޕާކަށް ބަދަލުކުރަން ނިންމާފައިވަނީ އެންމެ ބޮޑަށް މޫ ފެތުރިފައިވާ ތިން ގަހެވެ.

މި ހަފްތާ ތެރޭގައި ގަސްތައް ބަދަލުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މަހާނަ ގާތަކަށް ގެއްލުންވަތީ މީގެ ކުރިން ވެސް ހުކުރު މިސްކިތުގެ ދެ ގަހެއް ވަނީ ސެންޓްރަލް ޕާކަށް ބަދަލުކޮށްފަ އެވެ.