ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާދަމާ ހިރިލަންދޫއަށް ވަޑައިގަންނަވަނީ

Mar 1, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. ހިރިލަންދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ސޯލިހް މާދަމާ ހިރިލަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމަށެވެ.

ރައީސްގެ މިދަތުރުފުޅުގައި ހިރިލަންދޫގެ ކަމާގުޅޭ އިދާރާތަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.

މިސަރުކާރުން ހިރިލަންދޫގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ އެރަށު ބިން ހިއްކުމެވެ.