ޔުކްރޭން ހަނގުރާމާގައި ރަޝިއާއަށް ވާގިވެރިވުމުގެ ގޮތުން އީރާނުން ރަޝިއާއަށް ޑްރޯން ފޯރުކޮށްދޭ ކަމަށް ކީޔެވްއިން އޮތީ ބުނެފަ އެވެ. އެހެން، ނަމަވެސް، އެކަމަށް ބާރުދޭ ހެއްކެއް އެ މީހުންނަށް ދެއްކިފައި ނުވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވެއްޖެ އެވެ.
ހުސައިން އަމީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް އަރާތިބި ރަޝިއާ ސިފައިން، އީރާންގައި އުފައްދާ ޑްރޯން ބޭނުންކުރާ ކަމަށް ދައްކާ ވަހަކަތަކަކީ މީޑިއާގައި ފަތުރާ ތޮތޯ ވާހަކަތަކަށް ބުރަވެ ދައްކާ ވާހަކަތަކެއް ކަމަށެވެ.
"ހެކި ހުރި ނަމަ ނުދަންކަންވީ ސަބަބެއް ނެތް" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް ވާގިވެރިވާ ހުޅަނގަށް ވެސް ހެކިދެއްކުމުގެ ފުރުސަތު އެބަ އޮތެވެ. އެހެން ނަމަވެސް، ހިތާމަ އަކީ ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނާ ގުޅުންހުރި އެއްވެސް ބަޔަކަށް ދެއްކޭނެ ހެއްކެއް ނެތުމެވެ.
ރަޝިއާ ސިފައިން ޑްރޯންތަކެއް ބޭނުންކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެމެރިކާގެ ނޫހަކުން އީރާންގެ ފޮރިން މިނިސްޓަރަށް ދައްކާފައި ސުވާލުކުރުމުން ވަޒީރު ވިދާޅުވީ އެ ހުރިހާ ވާހަކަތަކެއް ހުރީ ނޫސްތަކުގައި ކަމަށެވެ.
ރަސްމީ އެއްވެސް ލިޔުމެއްގައި ނެތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ހުސައިން އަމީރު ވިދާޅުވި ގޮތުގައި ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރީ ކުލެބާއަށް ފޯނުކުރައްވައި ހެކިދެއްކެވުމަށް އެދި ވަދާއިގަތް ނަމަވެސް، ހެކި ހުރި ކަމަށް ވިދާޅުވުމުގެ އިތުރު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޔުކްރޭންގައި ރަޝިއާ ސިފައިން އީރާންގެ ޑްރޯންތައް ބޭނުންކުރާ ކަމަށް ބުނެ ތަންކޮޅެއް ކުރިން އޮމާންގައި އޮތް ބައްދަލުވުމެއްގައި ފޮޓޯތަކެއް ދެއްކި ނަމަވެސް ނުސާފުކަމުން އެއްޗެއް ވަކިކުރަން އެނގިވަޑައި ނުގަތް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ޔުކްރޭނުން ހެކި ދައްކައިފި ނަމަ އީރާންގެ ސައިންސްވެރިންނާއި ޔުކްރޭންގެ ސައިންސްވެރިން އެ ލިޔުންތައް ބަލާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ސަބަބަކީ ހެކި އުފެއްދުމުގެ ގާބިލުކަން ހުޅަނގަށް ލިބިފައިވުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.